ޑރ. މުހައްމަދު މުއިއްޒު

ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބައެއް ގައުމުތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

އެގޮތުން ރައީސް މުއިއްޒު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރު ގެސްޓޮން ބްރައުންއާއި، ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާ އާއި، އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް ރިޗަޑް ބެންޔޯންއާ ހިމެނެ އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑް ކޭސީއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި މީގެކުރިން އެމަނިކުފާނު އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސްއާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުންތަކުގައި ރައީސް ބައްދަލުކުރެއްވި ބޭފުޅުން ވަނީ ދިވެހިރާއްޖެއިން ބައިނަލްއަގްވާމީ މައިދާނުގައި ވަކާލާތު ކުރުމުގައި އިސްނަގައިގެން ކުރާ މަސައްކަތަށާއި ދިވެހިރާއްޖޭގެ ތަރައްގީއާއި ތަނަވަސް ކަމަށާއިއި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ވަރުގަދަ ތަސައްވުރަށް ތައުރީފް ކުރައްވާފަ އެވެ.