މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖުގެ ހުރިހާ އިންތިޒާމެއްވެސް ވަރަށް ފުރިހަމަ: ޝަހީމް

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ދިވެހި ހައްޖުވެރިންނާ ގުޅޭ ހުރިހާ ކަމެއްވެސް ހައްޖު ކޯޕަރޭޝަނުން އިންތިޒާމު ކޮށްފައި ހުރީ ވަރަށް ފުރިހަމައަށް ކަމުގައި ފުރިހަމައަށް ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދާ ފުރަތަމަ ގުރޫޕާ އެކު ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމެއްގައި ޑރ. ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަމަކީ އިހްލާސްތެރިކަމާ އެކު އަދި ފަރުވާތެރިކަމާ އެކު ކުރަންޖެހޭ އަޅުކަމަކަށް ހަދަންޖެހޭ ކަމަށެވެ. ހައްޖުގެ އަޅުކަން އަދާކުރާއިރު ކީރިތި ރަސޫލާގެ ސުންނަތާ އެއްގޮތަށް އަޅުކަން ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ.

"އެހެން ގައުމު ތަކުގެ މީހުން ކަންކުރާ ގޮތް ފަހަރެއްގައި ފެނިދާނެ. ނަމަވެސް އެގޮތް އިސްނުކުރުން އެދެން،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންނާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު ވަނީ ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށާއި އެކަކު އަނެކަކަށް އެހީތެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހައްޖަށް ފުރުމުގެ ކުރިން އެއްވެސް މީހެއްގެ ކިބައިން މައާފަށް އެދެންޖެހޭނަމަ މައާފަށް އެދުމަށް ނަސޭހަތްތެރިވި އެވެ.

ޝަހީމް ވިދާޅުވީ ހައްޖުވެރިންނަށް ހައްޖު ކޯޕަރޭޝަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުން ވަރަށް މުހިއްމު ކަމަށެވެ. އެފަދަ އިރުޝާދުތަކަށް އަމަލުނުކުރުމުގެ ސަބަބުން ބައެއް މީހުންނަށް މާލީ ގެއްލުންތައް ލިބި އަދި ބައެއް މީހުން ގެެއްލުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖުވެރިންނާ ގުޅޭ ކަންކަމާއި ހައްޖު ކޯޕަރޭޝަންގެ މަސައްކަތްތައް ހަރުދަނާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއްދޭ ކަމެއް ކަމަށެވެ. ހައްޖު ކޯޕަރޭޝަނުން ކިތަންމެ ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކަންކަން ކުރަމުން ދިޔަ ނަމަވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު އެންމެ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރިއަށް ނުދިއުމަކީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910