ހައްޖުގެ އަޅުކަން

އަރަފާތު ދުވަހު ޚުތުބާ ވިދާޅުވާނީ ޝައިޚް މާހިރު

އަރަފާތު ދުވަހު ޚުތުބާ ވިދާޅުވާ އިމާމު ޝައިޚް މާހިރު ބިން ހަމަދު
0%
0%
0%

މިއަހަރުގެ އަރަފާތު ދުވަހު ޚުތުބާ ދެއްވާ ބޭފުޅެއްގެ ގޮތުގައި ޝައިޚް މާހިރު ބިން ހަމަދު ހަމަޖައްސަވައި ސައުދީ އަރަބިއްޔާގެ ސަރުކާރުން އެކަން އިއުލާންކުރައްވައިފި އެވެ.

އުމުރުފުޅުން 55 އަހަރުގެ ޝައިހް މާހިރަކީ މައްކާގެ އުއްމުލް ޤުރާ ޔުނިވަސިޓީއާއި ރިޔާޟުގެ ކިންގް ސައުދު ޔުނިވަސިޓީން ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގެ އިމާމުކަން ކުރިން ކުރެއްވި ޝައިޚް މާހިރު މަސްޖިދުލް ހަރަމްގެ އިމާމަކަށް ހަމަޖެއްސެވީ 2007 ވަނަ އަހަރު އެވެ.

ހައްޖުގެ އަޅުކަމުގައި ހައްޖުވެރިން ދުވަސްތައް ހޭދަކުރާއިރު އެންމެ މުހިއްމު ދުވަހަކީ އަރާފަތު ދުވަހެވެ. އެ ދުވަހު އަރަފާތު ބިމަށް ހާޒިރު ނުވެވޭ ހައްޖުވެރިޔަކަށް ހައްޖު ނުލިބެ އެވެ.

އަރަފާތު ދުވަހު ޚުތުބާ ދެއްވާނީ މައްކާގައި ދެވަނަ އަށް އެންމެ ބޮޑު މިސްކިތް ކަމަށްވާ މަސްޖިދުލް ނަމިރާގައެވެ. ނަމިރާއަކީ ކީރިތި ރަސޫލާ ހައްޖަށް ވަޑައިގެން، އަރަފާތު ދުވަހު ޚުތުބާ އިއްވެވި މަގާމެވެ.

މިއަހަރު އަރަފާތު ދުވަހަކީ ކުރިއަށް އޮތް ޖޫން 16 ވަނަ ދުވަހެވެ. ދުނިޔޭގެ އެކި ގައުމުތަކުން ހައްޖަށްދާ އެތައް މިލިއަން ބަޔަކު އެ ދުވަހު އަރަފާތު ބިމަށް އެއް ވަގުތަކަށް އެއްވާނެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ ފުރަތަމަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910