ފުއާދު ތައުފީގު

ފުއާދު ތައުފީގުގެ ގޯތި އަނބިދަރިންނަށް ހިބަކޮށްދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު، އޭނާގެ އަމިއްލަ ގެ -- މއ. ތަޅަމުދިގެ އަނބިދަރިންނަށް ހިބަކޮށްދީފި އެވެ.

ސިވިލް ކޯޓު މެދުވެރިކޮށް އަނބިދަރިންނަށް އޭނާގެ ގެ ހިބަކޮށްދީފައިވަނީ ހަދާފައިވާ ގޭގެ އެކި އެޕާޓްމަންޓްތައް އެކި ކުދިންނަށް ލިބޭ ގޮތަށެވެ. ފުއާދު ގެ ހިބަކޮށްދީފައިވަނީ އޭނާގެ ތިން ދަރިންނާއި އަންހެނުންނަށެވެ. އެއީ ދެ ފިރިހެން ދަރިއާއި އަންހެން ދަރިއެކެވެ.

ފުއާދުގެ ދަރިއެއް ދާދިފަހުން ނިޔާވެފައިވެ އެވެ. ފުއާދު ވަނީ އޭނާގެ ތިން ދަރިންނާއި އަންހެނުން ކުރެ ކޮންމެ މީހަކަށް ދެ އެޕާޓްމަންޓް ހިބަކޮށްދީފަ އެވެ.

ފުއާދުގެ ގެ، އަނބިދަރިންނަށް ހިބަކޮށްދިނުމަށް އޭނާ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަދި އެކަމާ ގުޅިގެން އިދާރީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި ނިންމުމަށްފަހު، ކޯޓުން ހިބައިގެ މައްސަލަ ނިންމާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ގާޒީ ފައިސަލް އާދަމް އެވެ.