ރައްޔިތުންގެ މަޖިލިސް

ތައިލެންޑް ސަފީރަކަށް ފުއާދު އައްޔަންކުރަން ރުހުންދީފި

ފުއާދު ތައުފީގު -- ފޮޓޯ: އަވަސް
0%
0%
0%

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރު ކަމަށް ފުއާދު އައްޔަންކުރަން ފާސްވީ ވޯޓު ދެއްވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

ފުއާދަށް މަޖިލީހުން ރުހުންދީފައިވާއިރު ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އޭނާ ވަނީ އައްޔަންކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

ފުއާދު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާތާ 35 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް އިދާރާ އަކީވެސް އިލެކްޝަންސް ކޮމިޝަން އެވެ.

ތަފާސްހިސާބުގެ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ފުއާދު ހިމެނޭއިރު އޭނާ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ބޭފުޅެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910