ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރު ކަމަށް ހަސީބު އައްޔަންކުރަން ރުހުން ހޯދަނީ

އަބްދުލް ހަސީބް އިސްމާއީލް
0%
0%
0%

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

އީސީގެ މެންބަރު ކަމަށް މިދިޔަ މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު ނޮވެމްބަރު 24 އަށް ހަމަވާތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ހަސީބު އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އަބްދުލް ހަސީބް އިސްމާއީލްގެ ނަން ފާސްކޮށްދެއްވުން އެދެން،" ރައީސްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ރައީސްގެ ސިޓީގައި އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައްވެސް ވަނީ ހިމަނުއްވާފަ އެވެ.

ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345