ރައްޔިތުންގެ މަޖިލިސް

އީސީއަށް ހަސީބު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އަބްދުލް ހަސީބު އިސްމާއީލް
0%
0%
0%

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެންބަރު ކަމަށް އަބްދުލް ހަސީބު އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެންބަރު ކަމަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު މިމަހުގެ 24 އަށް ހަމަވާތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ހަސީބު އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345