ބްރިކްސްގައި ބައިވެރިވުމަށް އެދި 30 ގައުމަކުން ހުށަހަޅާފައި އޮތް ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ފޯމުތައް ދިރާސާކޮށް އެ ގައުމަކުން އެދިފައި އޮތް މިންވަރަށް ބްރިކްސްގައި ބައިވެރިވުމާ މެދު މަޝްވަރާކުރައްވާނެ ކަމަށެވެ.
ބްރިކްސް އަކީ އިގުތިސާދީ ދަތިތަކުން ސަލާމަތްވެ ތަރައްގީއަށް މަގުދެއްކުމަށް އުފައްދާފައި އޮތް ވިޔަފާރި ޖަމާއަތެކެވެ.
މެންބަރު ގައުމުތަކުން އެހެން މެމްބަރު ގައުމުތަކަށް ލޯނު ދޫކުރުމާއި އިންވެސްޓްމަންޓް ފަންޑުތައް މެދުވެރިކޮށް ޕްރޮޖެކްޓްތަކަށް ފައިސާ ދޫކުރުމަކީވެސް މި ޖަމާއަތުން ކުރާ ކަމެކެވެ.
ބްރިކްސްގައި ބައިވެރިވާން އެދޭ ގައުމުތައް ގިނަވަމުން އަންނާތީ، ބައިވެރިވެވޭނެ އާ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އެއީ މެމްބަރު ކަމަށް އެދި ހުޅަހެޅުމުގެ ކުރިން ވަކި މިންގަނޑެއް އެ ގައުމެއް އަމިއްލައަށް ކަނޑައެޅޭނެ ނިޒާމެއް ކަމަށްވެސް ރަޝިއާގެ ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރިކްސްގެ ހަރަކާތެއް ގޮތުގައި މި އަހަރު ބާއްވާ އެންމު މުހިން ކަމަކީ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކަމަށެވެ.
ޖޫން 10-11 އަށް ރަޝިއާގައި ބާއްވާ ބައްދަލުވުމުގައި ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯވް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް -- ހާރިޖީ ވުޒާރާގެ ތަރުޖަމާން މާރިޔާ ޒަޚަރޯފާ ވިދާޅުވި އެވެ.
ބްރިކްސްގައި ބައިވެރިވާން ހުށަހެޅި ގައުމުތަކާ ބެހޭ ގޮތުން ހާރިޖީ ވަޒީރުންގެ ފެންވަރުގައި މަޝްވަރާކުރައްވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅވި އެވެ. އަދި ބައިވެރިވާން އެދޭ ގައުމުތަކާ އެކު ވެސް ބައްދަލުވުންތައް ބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.
ބްރިކްސް އުފެއްދި ގައުމުތަކަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ. މި ޖަމާއަތް ހިންގަމުން ގެންދަނީ ކޮންމެ އަހަރަކު ވަކި ރިޔާސަތެއް ކަނޑައަޅައިގެންނެވެ. މި އަހަރުގެ ރިޔާސަތު ބަލަހައްޓަނީ ރަޝިއާ އެވެ. މިދިޔަ އަހަރު ރިޔާސަތު ބެލެހެއްޓީ ދެކުނު އެފްރިކާ އެވެ.
ބްރިކްސް ޖަމާއަތާ ބެހޭ ގޮތުން، ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވީ ބްރިކްސް އަކީ ބައިބައިވެފައި އޮތް އިގުތިސާދީ ބާރުތަކުގެ ނާރެސް ކަމަށެވެ. އަދި ދުނިޔެ ވަކި ބާރުތަކަކަށް ބައިވެގެން ދާއިރު ބްރިކްސްގެ ސަބަބުން އިގުތިސާދީ ހަމަތައް އެއް މީޒާނެއްގައި ހިފަހައްޓާނެ ކަމަށެވެ. ވަކި ބަޔަކަށް މޮޅު ގޮތް ހަދައި އެއްވެސް ބަޔަކު ބާކީ ނުކުރާނެ ކަމަށެވެ.