ދުނިޔެ

ސީރިއާގެ ޓެރަރިސްޓުންނަށް ޔުކްރޭނުން ހަތިޔާރު ދޭ ކަމަށް އީރާނުން ބުނެފި

ސީރިއާގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިންނަށް ޔުކްރޭނުން ހަތިޔާރުދޭ ކަމަށް ބުނެ އީރާނުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

އީރާންގެ ޚާރިޖީވުަޒާރާގެ ޔޫރޭސިއަން ޑިޕާޓްމަންޓްގެ ވެރިޔާ، މުޖުތަބާ ދަމިރުޝިލޫ ވިދާޅުވި ގޮތުގައި ޔުކްރޭނުން ސީރިއާގެ ޓެރަރިސްޓުން ފޯރުކޮށްދެނީ އެމެރިކާއިންދޭ ހަތިޔާރެވެ. އޭނާ އަދި ވިދާޅުވީ މިއީ އެމެރިކާއާ ޔުކްރޭން ގުޅިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ.

އދގައި ހުންނަވާ ރަޝިއާގެ ސަފީރު، ވަަސިލީ ނަބެންޒިއާ ވެސް ވަނީ ޔުކްރޭންގެ މި އަމަލުތައް ކުށްވެރިކުރައްވާފަ އެވެ.

އީރާންގެ ނޫސް އެޖެންސީން ބުނި ގޮތުން ސީރިއާގެ ހަނގުރާމަވެރިންނަށް ހަތިޔާރާއި އަސްކަރީ އެހެނިހެން އެހީތައް -- ޑްރޯނާއި ރިމޯޓް ހަތިޔާރު ޔުކްރޭނުން ފޯޜުކޮށްދެ އެވެ. މިއީ އެމެރިކާ އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ނޫސްތަކުން ކުރި ޖާސޫސީ ހޯދުމެއްގައި، ޔުކްރޭނުން ސީރިއާގެ ޓެރަރިސްޓުންނަށް ހަތިޔާރު ދޭކަން ވަނީ ފަޅާއަރާފަ އެވެ.

ހައެއަތު ތަހުރީރުއް ޝާމްގެ މުސްކުޅި ގޮފި -- ޖަބުހަތުއް ނުޝްރާގައި ކުރިން ހަރަކާތްތެރިވި ހަނގުރާމެރިއަކާ ނޫސްވެރިން ކުރި ސުވާލަކަށް ޖަމާބުދެމުން އޭނާ ވަނީ ޔުކްރޭންގެ އޮފިޝަލުން ޑްރޯން އުދުއްސަން ދަސްކޮށްދޭ ކަމަށް ބުނެފަ އެވެ.

ހަނގުރާމަވެރިޔާގެ މި ޖަވާބުން ދޭހަވަނީ، ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާވަވެރިންނަށް ޔުކްރޭނުން އަދި އެމެރިކާއިން މަދަދުވެރިވާކަން ކަމަށް ސަފީރު ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން ހަލަބަށް ހަމަލާދީ އެ ސަރަހައްދުގެ ކޮންޓްރޯލްވަނީ އަތުލާފަ އެވެ. ހަލަބްގެ އިތުރުން އިދުލީބާއި ހަމާތަށް ވެސް ހަނގުރާމަވެރިން ވަދެގެންފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޓެރަރިސްޓުންގެ ހަރަކާތްތައް ހުއްޓުވައި ފަހަތައް ޖެއްސުމަށްޓަކައި ރަޝިއާގެ އަސްކަރިއްޔާއިން ވެސް ދަނީ -- ފައިޓަރު ޖެޓުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި އަސްކަރީ ގޮތުްނ އެހީތެރިވާނެ ކަމަށް ރަޝިއާ އާއި ޗައިނާއިން އޮތީ ބުނެފަ އެވެ. އަދި ޓެރަރިސްޓުން ބޭރުކުރަން ބޭނުންވާ ހުރިހާ އެހީއެއް ސީރިއާއަށް ދޭނެ ކަަމަށްވެސް ރަޝިއާއިން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަސަދުގެ ސިފައިންނަށް އެހީތެރިވުމަށް އީރާނުން މިހާރު ވަނީ ބޮޑަރު ހުރަސްކޮށް ހަނގުރާމަވެރިން ސީރިއާއަށް ވައްދާފަ އެވެ.