ކްރިމިނަލް ކޯޓް

މާލޭގައި ހަށިވިއްކާ ތައިލެންޑްގެ ދެ އަންހެނުން ހައްޔަރުކޮށްފި

މާލޭގެ ސެލޫނެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ތައިލެންޑްގެ ދެ އަންހެނުން ހައްޔަރުކޮށްފި އެވެ.

މި ދެ މީހުންގެ ތެރެއިން އެކަކީ އުމުރުން 39 އަހަރުގެ މީހެކެވެ. އަނެއް މީހާއަކީ 22 އަހަރުގެ މީހެކެވެ.

މި ދެ މީހުން ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންވެސް 15 ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި ދެ މީހުން މަސައްކަތް ކުރާ ސެލޫންގައި ހަށި ވިއްކާކަމުގެ ހެކިތައް ފުލުހުންނަށް ލިބިފައިވާއިރު، އެ ތަނުން ބަރަހަނާ ހާލުގައި ތިބި ދެ މީހުން ފެނުނު ކަމަށް މި ދެ މީހުންގެ ބަންދު އަމުރު ރިޕޯޓުގައި ގާޒީ ބަޔާންކޮށްފައިވެ އެވެ. އެހެންނަމަވެސް އެއީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.

އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ތުހުމަތުގައި މީގެ ދުވަސްކޮޅެއް ކުރިން 10 މީހަކު ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައިވެސް ބިދޭސީ އަންހެނުން ހިމެނެ އެވެ.