ހޮލީވުޑް

ޕްރިޔަންކާ އަނެއްކާވެސް ހޮލީވުޑް ފިލްމެއްގެ ޝޫޓިން ފަށައިފި

ޕްރިޔަންކާ ޗޮޕްރާގެ ކުރިއަށް އޮތް ހޮލީވުޑް ފިލްމު "ދަ ބްލަފް"ގެ ޝޫޓިން ފަށައިފި އެވެ.

ހޮލީވުޑްގެ ތަރި ކާލް އާބަން އާއި އެކު އޮސްޓްރޭލިއާގައި ހުރެގެން ޕްރިޔަންކާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއްކޮށްފަ އެވެ.

އޭނާގެ އިންސްޓަގްރާމް ސްޓޯރީ ތަކުން ފިލްމުގެ ކްލެޕްބޯޑު ފޮޓޯއަކާއެކު ފުރަތަމަ ދުވަސް ކަމަށް ކެޕްޝަންގައި ޖަހާފައިވެ އެވެ.

ދަ ބްލަފްއަށް ޝޫޓް ކުރުމުގެ ކުރިން ޕްރިޔަންކާ ވަނީ ފިލްމުގެ ކާސްޓް އަދި ކްރޫއާއެކު ޔޮޓެއްގައި ނަގާފައިވާ ރީލްއެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.

ޕްރިޔަންކާ ބުނާ ގޮތުގައި އޭނާއާ އެކު ޕްރޮޖެކްޓަކަށް އެއްވާ މީހުންނަކީ "ޓޮޕް ނޮޗް" ނުވަތަ ބަރާބަރު ބަޔަކަށް ވުން އޭނާއަށް މުހިއްމެވެ.

ފްރޭންކް އީ ފްލާވާސް ޑައިރެކްޓް ކުރާ "ދަ ބްލަފް"ގައި ޕްރިޔަންކާ ކުޅޭ ރޯލަކީ ކުރީގެ އަންހެން ޕައިރެޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުން އޭނާގެ އާއިލާ ރައްކާތެރި ކުރުމަށް އޭނާ ކުރާ ދަތުރު ދައްކުވައިދެ އެވެ.

ޕްރިޔަންކާ ވަނި މީގެ ކުރިން ވެސް "ކުއެންޓިކޯ"، "ދަ ސްކައި އިސް ޕިންކް" އަދި "ލަވް އެގެއިން" ފަދަ ހޮލީވުޑްގެ ބައެއް ފިލްމުތައް ކުޅެފަ އެވެ.