ހޮލީވުޑް

ނިކް ޖޯނަސްގެ ފަހުގެ ފިލްމަށް ޕްރިޔަންކާގެ ތައުރީފް

ނިކް ޖޯނަސް އޭނާގެ އަންހެނުން އަދި ބޮލީވުޑާއި ހޮލީވުޑްގައި މަސައްކަތް ކުރަމުންދާ ޕްރިޔަންކާ ޗޯޕްރާއާ އެކު
0%
0%
0%

ނިކް ޖޯނަސްގެ ބޮޑު ރޯލެއް "ދަ ގުޑް ހާފް" ފިލްމުގައި ފެނިގެންދާތީ އޭނާގެ އަންހެނުން އަދި ބޮލީވުޑާއި ހޮލީވުޑްގައި މަސައްކަތް ކުރަމުންދާ ޕްރިޔަންކާ ޗޯޕްރާ ވަރަށް ބޮޑށް ހިތްވަރު ދީފި އެވެ.

ޕްރިޔަންކާ އާއި ނިކް ޖޯނަސް އަކީ އެކަކު އަނެކެއްގެ ޕްރޮޖެކްޓްތަކަށް ތައުރީފުކޮށް ހިތްވަރު ދިނުމުގައި ފާހަގަކުރެވޭ މަޝްހޫރު ދެމަފިރިންނެވެ.

ނިކްގެ އެންމެ ފަހުގެ މަސައްކަތަށް ޕްރިޔަންކާ ތައުރީފްކޮށް ހިތްވަރު ދިނީ އޭނާގެ އިންސްޓަގްރާމު ސްޓޯރީއަށް ދޫކޮށްލި މެސެޖެއްގައެވެ.

ދަ ގުޑް ހާފްގައި ނިކް ޖޯނަސް އާއި އެކު ބްރިޓަނީ ސްނޯ، ޑޭވިޑް އާކުއެޓް، އެލެގްޒެންޑްރާ ޝިޕް، އެލިޒަބަތު އަދި ބައެއް އެހެން ފަންނާނުންވެސް ފެނިގެންދެ އެވެ.

ލީޑް ރޯލުން ނިކް ޖޯނަސް ފެނިގެންދާ ކޮމެޑީ-ޑްރާމާ -- ދަ ގުޑް ހާފް ޕްރިމިއާކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި ޓްރައިބެކާ ފިލްމް ފެސްޓިވަލް ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910