އެމްއެންޑީއެފް

ސްވިމިން ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ

މާލޭ ދެކުނުފަރާތު ސްވިމިން ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 12:42 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީކޮށްފަ އެވެ.

ފަޔާ އެންޑް ރެސްކިޔުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 12:56 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.