ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އޭލެވެލްގެ ދަރިވަރުންނަށް ފީ ދައްކައިދޭ އުސޫލަށް ބަދަލު ގެނެސްފި

މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކައިދޭ އުސޫލަށް ބަދަލު ގެެނެސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ސާކިއުލާއެއްގައި މި މައުލޫމާތު ސްކޫލުތަކާ މިހާރު ވަނީ ހިއްސާވެސް ކޮށްފަ އެވެ.

ގުރޭޑް 11ގެ ދަރިވަރުން ހަދަމުންދާ އޭއެސް އިމްތިހާނަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ފީ ދައްކައިދެނީ ސްކޫލުތަކުގައި ހަދަމުންދާ އިމްތިހާންތަކުން 60 މާކްސް އިން މަތި ހޯދާ ދަރިވަރުންނަށެވެ.

ނަމަވެސް އުސޫލަށް އިއްޔެ އިން ފެށިގެން ގެނައި ބަދަލާ އެކު ސްކޫލުތަކުގައި ހަދަމުންދާ އިމްތިހާންތަކުން 50 މާކްސް އިން މަތި ހޯދާ ދަރިވަރުންނަށް އޭއެސް އިމްތިހާން ހެދުމަށް ސަރުކާރުން ފީ ދައްކައިދޭނެ އެވެ.