ހަބަރު

ހުޅުމާލޭ ފެރީގެ ހިދުމަތަށް ޓްރާންސްޕޯޓް ފޯ މޯލްޑިވްސް އުފައްދައިފި

Jan 27, 2015

ހުޅުމާލޭ އައި މާލެ އާއި ދެމެދުގެ ފެރީ ހިދުމަތާއި ހުޅުލެ އައި ހުޅުމާލެ އާ ދެމެދު ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

މިރޭ އުފައްދާ އިއުލާން ކުރިން މި ކުންފުންޏަކީ އެމްޕީއެލްގެ 20 ޕަސެންޓާއި އެމްޓީސީސީގެ 40 ޕަސެންޓާއި އެޗްޑީސީގެ 40 ޕަސެންޓް ހިއްސާވާ ކުންފުންޏެވެ. ސަރުކާރުގެ މި ކުންފުންޏަކީ ދަރަންޏަށް ޒިންމާވާ ގޮތަށް އުފައްދާފައިވާ ކުންފުންޏެވެ.

ކުންފުނި އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް ވިދާޅުވީ އެ ކުންފުންޏާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާގެ ސަބަބުން މިހާރު ދެމުން ގެންދާ ފެރީގެ ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ހިތްގައިމު ފެރީތަކާއި ބަސްތަކާއެކު ޓާމިނަލްތައް ގާއިމްކޮށް ދަތުރުފަތުރުގެ ރޮނގުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކުންފުނީގައި އެމްޕީއެލް އިން ބައިވެރިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށާއި މީގެ އިތުރުން އެޗްޑީސީގެ ބައިވެރިވުން އަންނަނީ ހުޅުމާލެ ތަރައްގީ ކުރުމުގެ ޒިންމާ އުފުލާ ފަރާތުގެ ގޮތުގައި ކަމަށެވެ.

"ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހި މިހާރު ކުރިއަށް އެދަނީ. މި ފިޔަވަހީގެ މަސައްކަތް ނިމުމުން ދަތުރުފަތުރުގެ ހިދުމަތް ވަރަށް ފުޅާވެގެން ދާނެ،" ހަލީމް ވިދާޅުވި އެވެ.