އީދު ފާހަގަ ކުރުން

ޖުމްހޫރީ މައިދާނުގައި ހުރި އީދު ލައިޓްތަކެއްގެ ކޭބަލްތައް ވަގަށް ނަގައިފި

ކޭބަލް ވަގަށް ނެގުމުން ކަރަންޓް ކެނޑިފައިވާ ލައިޓެއް މާލޭގެ މޭޔަރު ބައްލަވާލައްވަނީ -- ފޮޓޯ: އަވަސް
0%
0%
100%

އަޟްހާ އީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ލައިޓްތަކެއްގެ ކޭބަލް ވަގަށް ނަގައިފި އެވެ.

ކޭބަލްތައް ވަގަށް ނެގުމުން ބައެއް ލައިޓްތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ މިމައްސަލަ ފުލުހުންނަށް ހުށަަހަޅާފަ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ޖުމްހޫރީ މައިދާން ސަރަހައްދަކީ ފުލުހުންނާއި ސިފައިންގެ މައި މަރުކަޒު ހުންނަ އަދި ސަލާމަތީ އިދާރާތަކުން އެންމެ ބޮޑަށް ބަލަހައްޓަމުންދާ އެއް ސަރަހައްދެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޖައިލާ

ނުވެސް ވާނެއެއް ނުން މިކަހަލަ އުފާ ފާޅު ކުރާ ދުވަހަކު ވަކަމާއިގެން އުޅޭކަށް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345