މާލޭ ސިޓީ

އީދު ދުވަހާއި ވަޅު އީދު ދުވަހު މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ

އީދު ދުވަހާއި ވަޅު އީދު ދުވަހު އާންމުން އެދޭ ސަރަހައްދުތައް ބަންދުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ އާންމު ބައްދަލުވުމުގައި މި ނިންމުން ނިންމީ އެކިއެކި ބޭފުޅުން އެބޭފުޅުން ދިރިއުޅުއްވާ ސަރަހައްދު ބަންދުކޮށްގެން އީދު ފާހަގަކުރުމަށް ކުދިކުދި ހަރަކާތް ހިންގުމަށް މަގުފަހި ކުރުމަށާއި ކުރީ ފަހަރުތަކާއި ހިލާފަށް ހުރިހާ މަގެއްގައި ދުއްވާތަކެތި ދުއްވުން މަނާ ކުރުމުން އާންމު ފަރާތްތަކަށް ދިމާވާ ދަތިތައް ނައްތާލުމަށެވެ.

މިބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިފަދައިން ކަންތައް ކުރުމުގެ ސަބަބުން އީދު ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް އެދިފައިވާ ފަރާތްތަކަށާއި ތުއްތުކުދިން ގޮވައިގެން ހިނގާލަން ނުކުންނަން ބޭނުންވާ ފަރާތްތަކަށާއި އަދި ދުއްވާތަކެތީގައި އުޅޭ ފަރާތްތަކުގެ މަސައްކަތަށް ވެސް ބުރޫނާރާ ގޮތަކަށް އީދުގެ ފުރަތަމަ ދެ ދުވަހުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މާލޭގައި މީގެކުރިން އީދު ދުވަސްތަކުގައި ވަކި ވަގުތެއްގައި ވަކި ވަގުތުތަކެއްގައި އުޅަނދުތައް ދުއްވުން މަނާކޮށްފައިވެ އެވެ. ނަމަވެސް ކުރިއަށް އޮތް ބޮޑު އީދުގައި އެގޮތަށް އަމަލުނުކުރަން މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފަ އެވެ.