އަންނަ ބޮޑު އީދުގެ ފުރަތަމަ ދުވަހު ހަވީރު 4:30 ން 6:30 އަށް މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
އެ ކައުންސިލުން އެގޮތަށް ނިންމީ ގިނަ ބަޔަކު އެކަމަށް ތަރުހީބު ދޭތީ އާއި އެ ދުވަހުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވުމަށް ފުރުސަތު ދިނުމަށެވެ.
އެންމެ ފަހުން މިނިވަން ދުވަހު ވެސް މާލޭގައި ވެހިކަލް ދުއްވުން މަނާކުރި އެވެ. އަދި ކޮންމެ މަހަކު އެއް ދުވަހު ވެހިކަލް ދުއްވުން މަނާ ދުވަހެއްގެ ގޮތުގައި ހެދުމަށް ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
މި އަހަރުގެ އީދު ފުރަތަމަ ދުވަހަކީ މި މަހުގެ 11 ވަނަ ދުވަހެވެ. އެއީ އަންނަ އާދިއްތަ ދުވަހެވެ.