އީދު ފާހަގަ ކުރުން

އީދުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖެއްސުމަށް ހިޔާލު ހޯދަނީ

އީދުގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.

ފައިމަގުގައި ހިނގާފައި އުޅޭނެ ވަގުތެއް ކަނޑައަޅަނީ މާލެއަށް އެކަނި ހާއްސަކޮށްގެނެވެ. ހުޅުމާލެ އަދި ވިލިމާލޭގައި ހިނގާފައި އުޅޭ ވަގުތެެއް ނެތެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ ބޮޑު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުތެއް ކަނޑަ އެޅުމާއި މެދު އާންމުންގެ ހިޔާލު ހޯދުމަށް ޕޯލެއް ހުޅުވާފައިވާ ކަމަަށެވެ. ޕޯލްގެ ބޭނުމަކީ ވީހާވެސް ގިނަ ބައެއްގެ ހިޔާލާއެކު އެ ވަގުތެއް ކަނޑައެޅުމަށް ކަމަށެވެ.

ޕޯލްގައި ހިމެނެނީ ހަވީރު 4:00 އިން ރޭގަނޑު 10:00 ނުވަތަ ހަވީރު 4:00 އިން ރޭގަނޑު 8:00 ނުވަތަ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. ޕޯލްގައި ހިނގާފައި އުޅޭ ވަގުތެއް ހަމަޖައްސަން ނުފެންނަ މީހުންނަށްވެސް ޕޯލެއްގައި ބައެއް ހިމަނާފައިވެއެވެ.