ޔޫރޯ 2024

ޔޫކްރެއިން ބަލިކޮށް ރޮމޭނިއާއަށް ތާރީހީ މޮޅެއް

ރޮމޭނިއާގެ ޓީމުން ގޯލް ޖެހުމަށްފަހު އުފާކުރަނީ
0%
0%
0%

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ރޮމޭނިއާ އާއި ޔޫކްރެއިން ބައްދަލު ކުރި މެޗުގައި 3-0ގެ ބޮޑު ތަފާތަކުން ރޮމޭނިއާ މޮޅުވެއްޖެ އެވެ.

ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ރޮމޭނިއާއަށް މެޗުގެ ފުރަތަމަ ގޯލް ޖަހައިދިނީ އެ ޓީމުގެ ސްޓަންޗޫ އެވެ. ރޮމޭނިއާގެ މި ގޯލަށް ފަހުވެސް ފަހަތަށް ނުޖެހި ޔޫކްރެއިން ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އެ ޓީމުން ދެމުން ދިޔަ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ރޮމޭނިއާގެ ޓީމުން ޔޫކްރެއިންގެ ގޯލަށް ބޯޅަ ވައްދާލަނީ

ދެވަނަ ހާފް ފަށައިގެން ތަނުން ޔޫކްރެއިން އިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ރޮމޭނިއާގެ ގޯލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލި އެވެ. އެހެންނަމަވެސް ރޮމޭނިއާގެ ކުރިއަށް ކުޅެމުން ދިޔަ މާރިން މެޗުގެ 53 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލަން އެޓީމުން ލީޑު ފުޅާކުރި އެވެ.

އޭގެފަހުން ޔޫކްރެއިން ޓީމުގެ ހިތްވަރު އެލިގެން ދިޔަ އެވެ. ޔޫކްރެއިން ޓީމަށް މެޗުގެ ތެރެއަށް އިތުރަށް ނުވަދެވި އޮޅެނިކޮށް ރޮމޭނިއާގެ ޑްރަގުސް މެޗުގެ 57 ވަނަ މިނެޓްގައި އެ ޓީމުގެ ތިންވަނަ ގޯލް ޖެހި އެވެ.

ރޮމޭނިއާގެ ޓީމުން ގޯލް ޖެހުމަށްފަހު އުފާކުރަނީ

މެޗުގެ ދެވަނަ ހާފުގައި ޔޫކްރެއިން އަށް ކުރިމަތިވި މާޔޫސް ކަމުގައި އެ ޓީމަށް މާބޮޑު ކަމެއް ނުކުރެވި އުޅެނިކޮށް ރެފްރީ ވަނީ ވަގުތު ހަމަވުމާ އެކު މެޗު ނިންމާލާފަ އެެވެ.

ރޮމޭނިއާގެ ފުރަތަމަ މެޗުގައި ޖެހި ގިނަ ގޯލްތަކާ އެކު މިއީ މުބާރާތުގައި ކުރިއަށް ދިއުމަށް އެ ޓީމަށް ލިބުނު ވަރަށް ރަނގަޅު ނަތީޖާ އެކެވެ. އަދި އެ ގައުމުގެ ތާރީހުގައި ވެސް ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އެޓީމުން މޮޅުވެފައި މިވަނީ އަލަށެވެ. އެހެންވެ މިއީ ރޮމޭނިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910