ޔޫރޯ 2024

އޮސްޓްރިއާ އިން ބައިކޮޅަށް ޖެހި ގޯލުން ފްރާންސަށް މޮޅެއް

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް -- ޔޫރޯގައި ފްރާންސާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައި 1-0ގެ ތަފާތަކުން ފްރާންސް މޮޅުވެއްޖެ އެވެ.

އެކަމަކު ފްރާންސް މޮޅުވުމުގައި އެ ޓީމުގެ ކުޅުންތެރިޔެއްގެ ހިއްސާއެއް ނުވެ އެވެ. ސަބަބަކީ މިމެޗުގައި ފްރާންސް މޮޅުވި ގޯލަކީ މެޗުގެ 38 ވަނަ މިނެޓުގައި އޮސްޓްރިއާގެ ޑިފެންޑަރު ވޯބާގެ އަތުން ބައިކޮޅަށް ވަދެފައިވާ ގޯލަކަށް ވާތީ އެވެ.

މި މެޗުގައި އެމްބާޕޭ، ގްރީޒްމަން އަދި ޑެމްބެލޭއަށް ވަނީ ހުސްކޮށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ނަމަވެސް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. ސަޕޯޓަރުން ގިނަ ފްރާންސް ޓީމުގެ ފަރާތުންވެސް އުއްމީދު ކުރި ވަރުގެ ކުޅުމެއް ދެވަނަ ހާފްގައި ފެނިފައެއް ނުވެ އެވެ.

މި މެޗުގެ 86 ވަނަ މިނެޓުގައި ފްރާންސްގެ ކެޕްޓަން އެމްބާޕޭއަށް އަނިޔާވެގެން އޭނާ ބާލަފައިވެ އެވެ. އެމްބާޕޭގެ ހަށިގަނޑުން ލޭ އައިސްފައި ހުރި ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ސީރިއަސްކަން ހުރި ގޮތެއް އަދި ސާފެއް ނުވެ އެވެ.

ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅޭ ފްރާންސްގެ ކުޅުންތެރިން ގޮވައިގެން ޔޫރޯއަށް ގޮސް ކޯޗު "ހަޑި ހާވަނީ" ކަމަށް ފްރާންސްގެ ބައެއް މީޑިއާތަކުގައި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. ކޮންމެ ގޮތަކަށް މޮޅުވި ނަމަވެސް ފްރާންސަށް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި މިރޭގެ ނަތީޖާއަކީ ހިތްހަމަޖެހުމެކެވެ.