ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ ރޭ ކުޅުނު ދެވަނަ މެޗު ޕެނަލްޓީ ޝޫޓް އައުޓަށް ގޮސް ޕޯޗުގަލް ފްރާންސް އަތުން ބަލިވެ ހިތްދަތި ގޮތަކަށް މުބާރާތުން ކަޓައިފި އެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ޔޫރޯ މުބާރާތް އޭނާ ނިންމާލީ އެންމެ ގޯލެއް ވެސް ނުޖަހާ ހުސް އަތާ އެވެ.
ރޮނާލްޑޯއަށް ގޯލު ޖަހަން ގިނަ ފުރުސަތު ތަކެއް ލިބިފައިވީނަމަވެސް ހުރިހާ ފުރުސަތެއްވެސް ވަނީ ބޭކާރުވެފަ އެވެ.
ޖަރުމަނުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. އެހެން ކަމުން މެޗުގެ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅުނެވެ.
އިތުރު ވަގުތުގެ ދެހާފުވެސް ނިންމާލަން ޖެހުނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބި އެހެންނަމަވެސް ގޯލު ހުޅުވާނުލެވި އެވެ.
މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޝޫޓް އައުޓަށް ގޮސްގެންނެވެ. ފްރާންސް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ޕެނަލްޓީތައް ކާމިޔާބުކުރިއިރު ޕޯޗުގަލްގެ ޖޯ ފްލިކްސް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ ޕޯޗުގަލް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ އެވެ.
ސެމީ ފައިނަލުގައި ފްރާންސް ވާދަކުރާނީ މިމުބާރާތުގައި އެންމެ ރަނގަޅަށް ކުޅެމުންދާ ސްޕެއިނާ ދެކޮޅަށެވެ.