އެމްޑަބްލިއުއެސްސީ

ބައިނަލްއަގްވާމީ ކެންސަރުގެ ދުވަސް އެމްޑަބްލިއުއެސްސީ އިން ފާހަގަކޮށްފި

ބައިނަލްއަގްވާމީ ކެންސަރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީ، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އަދި އައިޖީއެމްއެޗް ގުޅިގެން ކެންސަ ސްކްރީނިން ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތް ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހްމަދު އަދި މާލޭގެ މޭޔަރު އާދަމް އާޒިމް އެވެ.

ސްކީރިނިން މި ޕްރޮގްރާމްގައި އެމްޑަބްލިއުއެސްސީ އަދި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންވެސް ބައިވެރިވި އެވެ.

މި ހަރަކާތުގައި ސްކްރީން ކުރެވުނީ އުރަމަތީގެ ކެންސަރު، އަނގައިގެ ކެންސަރު އަދި ޕްރޮސްޓޭޓް ކެންސަރެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 130 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ކެންސަރަށް ސްކީރިންކޮށްފަ އެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މަރުވަނީ ކެންސަރު ބަލީގައެވެ.