ދުނިޔެ

ރަޝިއާގެ ދަގެސްތާނަށް ޓެރަރިސްޓް ހަމަލާތަކެއް ދީފި

ރަޝިއާގެ ދަގެސްތާނަށް ގޮތް ނޭނގޭ ބަޔަކު ދިން ޓެރަރިސްޓު ހަމަލާތަކެއްގައި ހަ ފުލުހަކާއި ފާދިރީއަކު މަރާލާއިފި އެވެ.

ޓެރަރިސްޓުންގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދަގެސްތާންގެ ދެ ސިޓީ އަކަށެވެ. މި ހަމަލާތަކުގައި ނަސާރާއިންނާއި ޔަހޫދީން އަޅުކަންކުރާ ދެ ފައްޅިއަކަށް ވަނީ ހަމަލާދީފަ އެވެ.

މީގެ އިތުރުން ގޭސް ސްޓޭޝަނަކަށް އަދި ފުލުހުންގެ ސެކިއުރިޓީ ޗެކްޕޮއިޓަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން ރަޝިއާގެ އެތެރޭގެ ބައެއް އަވަށްތަކަށް ޓެރަރިސްޓުން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ. މީގެ ކުރުން ދިން ހަމަލާތައްވެސް އާންމު ގޮތެއްގައި އަމާޒުކޮށްފައިވަނީ އަޅުކަންކުރާ ތަންތަނަށާއި އާންމުން އެއްވެ އުޅޭ މައިދާންތަކަށެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މިފަހަރު ހަމަލާދިން ބަޔަކު އަދި ނޭނގެ އެވެ. އަދި ހަމަލާދީފައިވަނީ ކޮން ކަމަކާ ގުޅުވައިގެން ކަމެއްވެސް ނޭނގެ އެވެ.

މީގެ ކުރިން ރަޝިއާގައި ހިންގާފައި ހުރި ޓެރަރިސްޓް ހަރަކާތްތަކުގައި، މުހިއްމު މަގާމުތަކުގައި ތިބި ބައެއް މީހުން ވަނީ ކުއްލި ހަމަލާތަކުގައި މަރާލާފަ އެވެ. ބައެއް ފަހަރު އެ މީހުންގެ ކާރު މަގުމަތީގައި ދުއްވާފައި ދަނިކޮށް ނުވަތަ ޕާކުކޮށްފައި ވަނިކޮށްވެސް ވަނީ ހަމަލާދީފަ އެވެ.

ރަޝިއާ ގަބޫލުކުރާ ގޮތުން ޓެރަރިސްޓް ހަމަލާތައް އުފަންކުރުވަނީ ޔުކްރޭނުންނެވެ. އަދި ޔުކްރޭނަށް ތާއިދުކުރާ ޖަމާއަތްތަކުންނެވެ. މިހާތަނަށް ހޯދި ހޯދުންތަކުން ޔުކްރޭނަށް މުގޫ ނުހިފާ ހަމަލާއެއް މިފަހުން ރަޝިއާއަށް ދީފައި ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ދަގެސްތާނަށް ދިން މި ހަމަލާއާ ގުޅިން -- ހަމަލާދިން ބަޔަކު ހޯދުމަށް ފުލުހުން ދަނީ އިންޓެލިޖެންސް މައުލޫމާތު އެއްކުރަމުންނެވެ. މިގޮތުން މަގުތަކުގައި ހުންނަ ކެމެރާތަކުން މަންޒަރުތައް ނެގުމާއި ވިޔަފާރި ސުޕަމާކެޓްތަކުގެ ހަރަކާތްތަކަށް ދަނީ ފާރަލަމުންނެވެ.

ޓެރަރިސްޓް ހަމަލާދިން ބަޔަކު ހޯދުމަށް އާންމުގެ އެހީތެރިކަމަށްވެސް ވަނީ އެދިފަ އެވެ. އަދި ޝައްކުކުރެވޭ އަމަލުތަކެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ ރިޕޯޓްކުރުމަށްވެސް ވަނީ އެދިފަ އެވެ.