ހައްޖުގެ އަޅުކަން

ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަތުވެއްޖެ

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު މެންދުރު ފަހު 1:55 ހާއިރު ރާއްޖެ އައި ފުރަތަމަ ގުރޫޕްގައި ހިމެނެނީ އެ296 ހައްޖުވެރިންނެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ ހައްޖަށް ދިޔައީ 1،150 މީހުންނެވެ. މި އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލު ގައެވެ.

ހައްޖުވެރިން ރާއްޖެއަށް އަންނާނީ މިއަދާއި، ޖޫން 28 އަދި ޖުލައި އެކަކާއި ހަަތަރުވަނަ ދުވަހު އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

މީގެ އިތުރުން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން މި އަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިއަދު ރާއްޖެ އަންނަން ފަށާފައިވާއިރު ރާއްޖެއިން ކުރިއަށް ގެންދިޔަ ހައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް އަހަރު ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.