ކެންޔާގެ ވެރިރަށް ނައިރޯބީގައި ގާނޫނު ހަދާ މަޖިލީހަށް ވަދެގަތް ބައިގަނޑަކަށް ފުލުހުން ބަޑިޖަހައި 10 މީހަކު މަރާލާއިފި އެވެ.
ކެންޔާގެ ހާލަތު ގޯހުން ގޯހަށް ގޮސްފައި މިވަނީ ޓެކްސް ބޮޑުކުރަން ގާނޫނެއް ފާސްކުރުމާ ގުޅިގެންނެވެ. މި ގާނޫނަށް ތަބާނުވުމަށް ގޮވާލައި އާންމުންގެ އެތައް ބަޔަކު ވަނީ ރައްޔިތުންގެ މަޖިލީހަށް ވަދެގަނެ ރައީސް އިންނަވާ ގޮނޑި އާއި ޗެމްބަރުގެ މަގާމުތައް ހިސާރުކޮށްފަ އެވެ.
ރުޅިގަދަވެފައި ތިބި އާންމުން މަޖިލީސްގެ ތެރެއިން ނެރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ވަރަށް ބޮޑަށް ކޮށްފަ އެވެ. މިގޮތުން ޕެޕާ ސްޕްރޭ ޖެހުމާއި ކަރަންޓު މުގުރުން އާންމުންނަށް ހަމަލާދިނުން ހިމެނެ އެވެ.
މަޖިލީސްގެ ގޯތިތެރެއަށް ވަދެގަތް މީހުން ވަނީ އިމާރާތުގައި ހުޅުޖަހައި ފުލުހުންނަށް ގާއުކާފަ އެވެ.
ފުލުހުން ބަޑިން ދިން ހަމަލާތަކުގައި މަރުވި މީހުން އަދި އިތުރުވާނެ ކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.
މަރުވި މީހުންގެ އިތުރުން ވަޒަން އެރުމުގެ ސަބަބުން ބޮޑެތި ޒަމަހްތައް ލިބުނު އެތައް ބަޔަކު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
ޓެކްސް ގާނޫނަށް ދެކޮޅު ހަދައި ޒުވާނުންގެ ގުރޫޕްތަކުން ނައިރޯބީގެ ގަވަރުނަރުގެ އޮފީހަށްވެސް ވަނީ ވަދެގެންފަ އެވެ. އަދި ތަކެއްޗަށް ގެންލުންދީ ވަނީ ލޫޓުވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މަޖިލީހުގައި އެ ވަގުތު ތިބި މެމްބަރުން މަރުން ސަލާމަތްވުމަށްޓައި މަޖިލީހުގެ އިމާރާތުގެ ބިމުގެ އަޑީގައި ހަދާފައި ހުންނަ އެމެޖެންސީ ކޮޓަރިތަކަށް ވަދެ ދޮރު ވަނީ ތަޅުލާފަ އެވެ.
ރުޅިގަދަވެފައި ތިބި އާންމުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދީ ތަންތަން ފަޅާލާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
ފުލުހުންގެ މި އަމަލުތަކާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި ސަރުކާރުން ވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. މި ހާދިސާގައި މަރުވި މީހުންނާއި ގެއްލުން ލިބުނު މީހުންނާ ބެހޭ ގޮތުން ރަސްމީ ރޭޑިއޯއިންވެސް ރަނގަޅު މައުލޫމާތެއް ނުލިބެ އެވެ.
ނައިރޯބީގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާ ގޮތުން މުޅި ރަށުގައި އިންޓަނެޓެއްވެސް ނެތެވެ. މުހިއްމު ބައެއް ހިދުމަތްތަކުން ކަރަންޓް ކަނޑާލާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.