ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގި ކަންކަމާއި ހާދިސާތަކާ ގުޅޭ ފޮތެއް ލިޔުއްވާ އެ ފޮތް ނެރުއްވުމުގެ މަސައްކަތް އެމަނިކުފާނު ފައްޓަވައިފި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ވާހަކަތައް ތާރީހަށްޓަކައި އަމިއްލަފުޅަށް ލިޔުއްވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެއްވުނުކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ތާރީހަށްޓަކައިވެސް ރައްޔިތުންނަށް އެނގެންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
އެ ފޮތް ލިޔުއްވުމަށް މައުލޫމާތު އެއްކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ވެރިކަމުގައި ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި ކޮވިޑްގެ ބަލިމަޑުކަމާއި އެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތައް ހިމެނެ އެވެ. މީގެ އިތުރުން އެމްޑީޕީ ރޫޅި ކުރިމަތިވި ގޮންޖެހުންތައްވެސް ހިމެނެ އެވެ.