ޔޫރޯ މުބާރާތުގެ ގަދަ 16 ގައި އިނގިރޭސިވިލާތާއި ސްލޮވާކިޔާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް އިނގިރޭސީން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ބަލާހިތްވާ ކަހަލަ ރީތި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ނިމުނީ 2-1 އަކުން އިނގިރޭސިން ކުރީގައި އޮވެގެން ނެވެ.
މިރޭ ކުޅެވުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުން އެއްވަރުވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަަމަ ހާފުގެ ކުޅުން ފެށުނު ތަނާ އިނގިރޭސިން ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ.
މެޗުގެ ފުރަތަަމަ ހާފުގެ ކުޅުން ފެށިގެން ގޮސް 25 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ސްލޮވާކިޔާ އިން ނެވެ. އެޓީމަށް ގޯލު ޖަހައިދިނީ ސްޓްރައިކަރު ސްޗްރަންޒް އެވެ. އޭނާގެ މި ގޯލާ އެކު އޭނާ އަކީ މިވަގުތު މުބާރާތުގެ ޓޮޕް ސްކޯރާ އެވެ. އޭނާ ވަނީ މިމުބާރާތުގައި ތިން ގޯލު ޖަހާފަ އެވެ.
ފުރަތަަމަ ހާފު ނިމުނީ އިނގިރޭސިން 1-0 ގެ ތަފާތަކުން ސްލޮވާކިޔާ އަތުން ބަލިވެފައި އޮވެގެންނެވެ.
އިނގިރޭސި ޓީމަށް ސައުތުގޭޓް ގެނައި ބަދަލުތަކަށްފަހު ދެވަނަ ހާފުގެ ކުޅުން ފެށިގެން ދިޔައީ އިނގިރޭސި ޓީމުގެ ކުޅުން ވަރަށް ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަ ކޮށްގެންނެވެ. މިމެޗުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން އަށް ރަނުގެ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތައް ބޭނުންކުރެވިފައެއް ނުވެ އެވެ.
އިނގިރޭސީންނަށް ގޯލެއް ނުޖެހި އެޓީމު ކެޓުމުގެ މަގުމަތީގައި އޮއްވާ ފަހު ވަގުތު ބެލިންގްހަމްގެ ހުނަރުވެރި ގޯލާއި އެކު އިނގިރޭސީންނަށް ދިރުން އައިސް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ބެލިންގްހަމްގެ މި ގޯލަކީ މިމުބާރާތުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 1-1 އަކުން އެއްވަރުވެގެންނެވެ. މި މެޗަކީ ނަތީޖާ ނެރުން މަޖުބޫރު މެޗެއް ކަމުން އެކްސްޓްރާ ޓައިމް އަށް ދިޔަ އެވެ.
އެކްސްޓްރާ ޓައިމްގެ ފުރަތަަމަ ހާފުގެ ކުރީކޮޅު ކޭންއަށް ހުސްކޮށް ލިބުނު ފުރުސަތުގައި ބޮލުން ޖަހައިގެން އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ ގޯލެއް ޖަހައި އިނގިރޭސި ޓީމު 2-1 ގެ ނަތީޖާއަކުން މޮޅުކޮށްދީފަ އެވެ.
މެޗު ނިމިގެން ދިޔައީ އިނގިރޭސިން ކުރި ހޯދައި އެޓީމަށް ދިރުމެއް ގެނެސްދީ އެޓީމު ސައުތުގޭޓްގެ ދަށުން ކުޅެ ޔޫރޯ ތަށްޓަށް ކުރަމުން އަންނަ އުއްމީދަށްވެސް ދިރުމެއް ގެނެސްދީފަ އެވެ.