ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ބިލްޑިންތަކެއް އެޅުމަށާއި މިކްސްޑް ޔޫސް ޓަވަރުތަކެއް އެޅުމަށް ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.
އެޗްޑީސީ އިން މިއަދު ވަކިވަކިން ކޮށްފައިވާ ދެ އިއުލާންގެ ތެރެއިން ކޮމާޝަލް ބިލްޑިންތައް އެޅުމަށް ބަޔަކު ހޯދުމަށް ކުރި އިއުލާންގައި ބުނެފައިވަނީ އެ ބިންތަކުގައި ކޮމާޝަލް ބިލްޑިން އެޅޭނީ ހަތަރު ފްލޯއަށް ކަމަށެވެ.
ކޮމާޝަލް ފްލެޓް އެޅުމަށް ވިއްކުމަށް ހަމަޖެހިފައިވަނީ ހަތަރު ބިމަކީ ހަތަރު ސައިޒުގެ ބިމެވެ.
ކޮމާޝަލް ބިލްޑިން އަޅަން ދޫކުރާ ބިންތަކުގެ ތަފްސީލް
- ލޮޓް 22309 - ބިމުގެ ބޮޑުމިން | 4،966.79 ސްކެއާފޫޓް
- ލޮޓް 22310 - ބިމުގެ ބޮޑުމިން | 10،150.79 ސްކެއާފޫޓް
- ލޮޓް 22311 - ބިމުގެ ބޮޑުމިން | 11،014.05 ސްކެއާފޫޓް
- ލޮޓް 22312 - ބިމުގެ ބޮޑުމިން | 7،073.60 ސްކެއާފޫޓް
މިކްސްޑް ޔޫސް ޓަވަރުތައް އެޅުމަށްވެސް ވިއްކަނީ އެކި ސައިޒުތަކުގެ ބިންތަކެވެ. ޓަވަރުތައް އުސްކޮށް އިމާރާތް ކުރުމަށް ހުއްދަ ދެނީ ބިމުގެ ސައިޒަށް ބަލައިގެންނެވެ. އެގޮތުން މި ބިންތަކުގައި 14، 15 އަދި 20 ފްލޯއަށް ޓަވަރުތައް އިމާރާތް ކުރެވިދާނެ އެވެ.
މިކްސްޑް ޔޫސް ޓަވަރުތައް އަޅަން ދޫކުރާ ބިންތަކުގެ ތަފްސީލް
- ލޮޓް 22298 - ބިމުގެ ބޮޑުމިން | 9،559.74 ސްކެއާފޫޓް
- ލޮޓް 22299 - ބިމުގެ ބޮޑުމިން | 10،846.46 ސްކެއާފޫޓް
- ލޮޓް 22300 - ބިމުގެ ބޮޑުމިން | 12،821.42 ސްކެއާފޫޓް
- ލޮޓް 22301 - ބިމުގެ ބޮޑުމިން | 9،622.60 ސްކެއާފޫޓް
- ލޮޓް 22302 - ބިމުގެ ބޮޑުމިން | 8،701.43 ސްކެއާފޫޓް
- ލޮޓް 22303 - ބިމުގެ ބޮޑުމިން | 8،661.60 ސްކެއާފޫޓް
- ލޮޓް 22305 - ބިމުގެ ބޮޑުމިން | 15،098.85 ސްކެއާފޫޓް
- ލޮޓް 22306 - ބިމުގެ ބޮޑުމިން | 14،525.56 ސްކެއާފޫޓް
- ލޮޓް 2237 - ބިމުގެ ބޮޑުމިން | 11،256.24 ސްކެއާފޫޓް
- ލޮޓް 22308 - ބިމުގެ ބޮޑުމިން | 11،194.24 ސްކެއާފޫޓް
ކޮމާޝަލް ބިލްޑިންތަކެއް އެޅުމަށާއި މިކްސްޑް ޔޫސް ޓަވަރުތަކެއް އެޅުމަށް ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށެވެ.
މި ބިންތަކަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ބީލަން ހުށަހެޅޭނެ ކަމަށްވެސް އެޗްޑީސީ އިން ބުނެފައިބވެ އެވެ.