އެޗްޑީސީ

ހުޅުމާލެއިން އެޕާޓްމަންޓް ގަތުމުގައި ސަމާލުވާން އެދިއްޖެ

ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީ ކުރަމުންދާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ މީހުން ފައިސާގެ މުޢާމަލާތް ކުރުމުގައި ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.

އެޗްޑީސީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ، މަޝްރޫއު ހިންގާ ފަރާތާއި އެޕާޓްމަންޓް ގަންނަ ފަރާތާ އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް އެޕާޓްމަންޓް ގަތުމުގައި ފައިސާގެ މުޢާމަލާތްތައް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެޗްޑީސީ އިން ފާހަގަކުރާ މުހިއްމު ކަންކަން:

  • ހުޅުމާލޭގައި ތަރައްގީ ކުރާ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ވިއްކަން ފެށުމުގެ ކުރިން، ބުކިން ފީގެ ގޮތުގައި ގިނަވެގެން 50,000 ރުފިޔާގެ ރީފަންޑަބަލް ފީއެއް ނެގިދާނެ
  • އެޕާޓްމަންޓް ވިއްކުމަށް ހުޅުވާލެވޭނީ އިމާރާތުގެ ސިވިލް މަސައްކަތުގެ 20 ޕަސަންޓް ނިންމައި އެޗްޑީސީން ހުއްދަ ދިނުމަށްފަހު
  • އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމަންޓްތަކަށް 950,000 ރުފިޔާގެ ރީފަންޑަބަލް ބުކިން ފީއެއް ނެގުމުގެ ހުއްދަ ދިނުން
  • ބައެއް މަޝްރޫއުތަކުގައި އިމާރާތުގެ 20 ޕަސަންޓް ނުނިމުނު ނަމަވެސް އެޗްޑީސީއާއި ޑިވެލޮޕަރާ ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން އެޕާޓްމަންޓް ގަނެވިދާނެ

އެޗްޑީސީން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ރެސިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން، ފައިސާގެ މުޢާމަލާތް ކުރުމުގެ ކުރިން އެ ކުންފުނީގެ އިއުލާންގައި ފާހަގަކޮށްފައިވާ ކަންކަމަށް ސަމާލުވުމަށެވެ.