އެލައިޑް އިންޝުއަރެންސް

ޑިސްކައުންޓް ރޭޓްގައި ޗައިލްޑް އެޑިޔުކޭޝަން ޕްލޭން އަދިވެސް ނެގޭނެ

ޗައިލްޑް އެޑިޔުކޭޝަން ޕްލޭން ހެޔޮ އަގުގައި ގަނެވޭ ޕްރޮމޯޝަންގެ މުއްދަތު އެލައިޑް އިންޝުއަރަންސުން އިތުރުކޮށްފި އެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ -- އަޔާދީ އިން ފޯރުކޮށްދޭ ޗައިލްޑް އެޑިޔުކޭޝަން ތަކާފުލްއަށް ހާއްސަ މިޕްރޮމޯޝަންގެ މުއްދަތު ހަމަވީ މިިދިޔަ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން، މިހާރު ޕްރޮމޯޝަންގެ މުއްދަތު ވަނީ ކުރިއަށް އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެހެންކަމުން މިމުއްދަތުގެ ތެރޭގައި ޕްލޭން ނަގާ އެންމެ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސަންޓް ޑިސްކައުންޓެއް އަދިވެސް ލިބޭނެ ކަމުގައި އެލައިޑުން ބުނެ އެވެ.

ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެހީވެދޭ ޕެލޭނެކެވެ.

ސޭވިންގެ އިތުރުން މިޕްލޭންގެ އެންމެ ހާއްސަ ސިފައަކީ "ރައްކާތެރިކަން" ކަމުގައި އަޔާދީ އިން ފާހަގަކުރެ އެވެ. އެގޮތުން މިޕްލޭން ނެގުމަށްފަހު ޕްލޭންގައި ހިމަނާފައިވާ ހާލަތެއް މެދުވެރިވެގެން ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ކަސްޓަމަރު ދައްކަން ޖެހޭ ފައިސާ ޕްލޭންގެ މުއްދަތު ހަމަވަންދެން އަޔާދީ އިން ކަވަރުކޮށްދެ އެވެ.

މިޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން 1600 އަށް ގުޅުއްވުމަށް އެކުންފުނިން އެދެ އެވެ.