މާލޭގައި ސްޕާއެއް ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ހަށިވިއްކަމުން ދަނިކޮށް ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ދޫކޮށްލައިފި އެވެ.
މިމައްސަލައިގައި އުމުރުން 55 އަހަރުގެ ދިވެހި ފިރިހެން މީހާގެ އިތުރުން ހައްޔަރުކުރީ ތައިލެންޑްގެ 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ ތައިލެންޑް އަންހެނެކެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ފިރިހެން މީހާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ. އަދި ތައިލެންޑްގެ ތިން އަންހެނުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިދިޔަ ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައިވެސް މާލޭގައި ހަށިވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފައި ވެއެވެ. އިމިގްރޭޝަނުން އަތުލައިގަތީ ވިއެޓްނާމް ދެ އަންހެނުންނެވެ.