މޯލްޑިވްސް އިމިގްރޭޝަން

ހުޅުމާލޭގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހުޅުމާލޭގައި އިއްޔެ ހިނގި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން
0%
0%
0%

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީންތައް ހައްޔަރުކޮށްފައިވަނީ އިއްޔެ ހިންގި "ޖޮއިންޓް ޓާސްކް ފޯސް" އެއްގަ އެވެ. މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުންގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވި އެވެ.

މި އޮޕަރޭޝަންތަކުގައި އަށް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީންތައް ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޓޭކްއަވޭ ކޮފީ ވިޔަފާރިތައް ހިންގަމުންދަނިކޮށެވެ.

އިމިގްރޭޝަންގެ އޮފިސަރަކު ބިދޭސީއަކާ ސުވާލުކުރަނީ -- ފޮޓޯ: އިމިގްރޭޝަން

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރި ކުރަމުން ދަނިކޮށް ހައްޔަރުކޮށްފައިވާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މިދިޔަ މަހު މާލޭގައިވެސް އޮޕަރޭޝަނެއް ހިންގާފައިވެ އެވެ.

އެ ގޮތުން މިދިޔަ މަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހަދާފައި ހުރި ބައެއް މާރުކޭޓުތަކުގައި ގަވާއިދާ ހިލާފަށް އުޅުނު 50 ބިދޭސީން ހޯދާ ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަންހެން ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ އަންހެން އޮފިސަރުންވެސް މިދިޔަ މެއި މަހުގެ ތެރޭގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910