މޯލްޑިވްސް މީޑިއާ ކައުންސިލް

ނޫސްވެރިންގެ އެވޯޑަށް 88 ހުށަހެޅުން

Jul 10, 2024

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި ފުރުސަތުގައި މިއަހަރު 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީ އިން ބުނެފި އެވެ.

ނޫސްވެރިން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ މަގުސަދުގައި ދޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިއަދު އެވެ.

މި އަހަރު އެވޯޑް ދިނުމަށް އެމްއެމްސީ އިން ނިންމާފައިވަނީ 18 ދާއިރާ އަކުންނެވެ. އެއީ:

  • ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާ
  • ތިިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
  • އިޖުތިމާއީ ދާއިރާ
  • ތާރީހާއި ސަގާފަތުގެ ދާއިރާ
  • އުއްމީދީ ނޫސްވެރިޔާގެ އިނާމު
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ސިޔާސީ ދާއިރާ
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖު
  • ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ
  • އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • ފީޗަ ރިޕޯޓުގެ ދާއިރާ
  • ތަހުގީގީ ނޫސްވެރިކަން
  • މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ

އެވޯޑް ދޭން ނިންމާފައިވާ ދާއިރާތަކުގެ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވަނީ އޯޑިއޯ ޖާނަލިޒަމް އަދި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމަށް ކަމަށް އެމްއެމްސީ އިން ބުނެ އެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ދިނުމުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހު އެވެ.

ނޫސްވެރިންގެ އެވޯޑް ތައާރަފްކޮށް މި އެވޯޑް ދޭން ފެށީ 2013 ވަނަ އަހަރު އެވެ.