ދުނިޔެ

އޮމާންގައި މިސްކިތެއް ދޮށުގައި ނުވަ މަރު

0%
0%
0%

އޮމާންގެ ވެރިރަށް މަސްގަތުގައި ހުންނަ ޝީއީން މިސްކިތެއް -- އިމާމް އަލީ މިސްކިތް ދޮށުގައި ބަޑިން ދިން ހަމަލާތަކެއްގައި ނުވަ މީހަކު މަރުވެއްޖެ އެވެ.

މި ހަމަލާ ދިނުމުގައި ބައިވެރިވި ތިން މީހުން ވެސް މިހާރު ވަނީ މަރުވެފަ އެވެ.

އޮމާންގެ ފުލުހުން ބުނި ގޮތުން ހަމަލާދިނީ ވާދީ އަލްކަބީރު ސަރަހައްދު ގައެވެ. ޝީއީން އެ މީހުންގެ ދީނީ އަޅުކަމެއްގައި އުޅެނިކޮށް ބަޑިހިފައިގެން ތިން މީހަކު ވަދެ މި ހާދިސާ ހިންގީ އެވެ.

މި ހާދިސާގައި 28 މީހަކު ޒަހަމްވި ކަމަށް ފުލުހުން ބުންޏެވެ. މީގެތެރޭގައި ޕާކިސްތާންގެ ދެ މީހަކު ހިމެނޭ ކަމަށް -- އެ ގައުމުގައި ހުންނަ ޕާކިސްތާން އެމްބަސީން ވަނީ ހާމަކޮށްފަ އެވެ.

އޮމާން އަކީ އަރަބި ދުނިޔޭގައި ސުލްހަވެރި ގައުމެކެވެ. މި ޒާތުގެ ޓެރަރިސްޓް ހަމަލާތަކަކީ އޮމާންއަށް ވަރަށް އާކަމެކެވެ. މި ޖީލުގެ މުސްލިމުންނަށް އޮމާން އެނގެނީ، ރީތި ތާހިރު އަދި އަރަބި ސަގާފަތަށް ލޯބިކުރާ ގައުމެއް ގޮތުގަ އެވެ.

އަރަބި ދުނިޔޭގެ ރީތިކަން ދެކިލުމަށް އެ ގައުމަށް ދަތުރުކުރާ ޓޫރިސްޓުންވެސް އޮމާންގެ އަމާންކަމަށް ވަރަށް ބޮޑަށް ލޯބިކުރެ އެވެ.

އިންޓަނެޓްގައި ހުރި ވީޑިއޯތަކުން ފެންނަނީ ބައިބޯ އެއްވުމަކަށް ބަޔަކު ބަޑިން ހަމަލާދޭ މަންޒަރެވެ. ބަޑީގެ އަޑުއިވެން ފެށުމުން މީހުންތައް އެކިކޮޅަށް ދުއްވައިގަންނަތަންވެސް ފެނެ އެވެ.

ފުލުހުން ބުނާ ގޮތުން މިހަމަލާ ދިނީ ކޮން ބަޔަކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެއީ އެއްވެސް ޖަމާއަތަކާ ގުޅުން އޮތް ބައެއްކަން ނޭނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345