ދުނިޔެ

އެމެރިކާގެ ނައިބް ރައީސް ކަމަލާގެ މަގުބޫލުކަން ބަލަނީ

އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވި ކަމަލާ ހެރިސްގެ މަގުބޫލްކަން ބެއްލެވުމަށް ރައީސް ޖޯ ބައިޑަން އަންގަވައިފި އެވެ.

މިއީ މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ބައިޑަން ވާދަނުކުރެއްވުމަށް އޭނާގެ ގާތް އެތައް ބަޔަކު ދެއްވި ލަފަޔާ ގުޅުން ކުރި ކަމެއް ކަމަށް ބެލެވެ އެވެ.

ރައީސްކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަކީ ބައިޑަން އެދިވަޑައިގަންނަވާ ގޮތް ނަމަވެސް އޭނާގެ ކިބައިގައި ރައީސެއްގެ ގާބިލުކަން ނެތް ކަމަށް އޭނާގެ އަމިއްލަ ޕާޓީގެ ބޮޑުންނާއި ގާތް ރަށްޓެހިން ވަނީ ބުނެ ލަފާދީފަ އެވެ.

ކަމަލާ ހެރިސްގެ މަގުބޫލުކަން ބެލުމުގެ ބޭނުމެއް ކަމަށް ބެލެވެނީ -- ފަހަރެއްގައި ކަން ދިމާވާ ގޮތުން، ޑިމޮކްރެޓުންގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ މަގާމު އޭނާއަށް ދެއްވުމެވެ. އެކަމަކު މިއީ ރަސްމީކޮށް އެއްވެސް ބަޔަކު ދެއްކި ވާހަކައެއް ނޫނެވެ.

ޖޯ ބައިޑަން މިހާރު ހުންނެވީ ކޮވިޑް-19 ޖެހިވަޑައިގެން އާލާސްކަންފުލާ އެވެ. މި ހާލަތުގައި ބޭރަށް ނުކުމެވަޑައިގެން ކެމްޕޭންކުރެއްވުން އޮތީ މަނާކޮށްފަ އެވެ. އަދި އުމުރުގެ ގޮތުން ކޮވިޑްގެ ނުރައްކާ ބޮޑުވުމަކީވެސް ޑޮކްޓަރުން ދެއްވާފައި އޮތް ލަފަ އެކެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ކެމްޕޭން ބަންދުވެފައި އޮތުމަކީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ހުރަސްތަކެއް ދިމާވުމަށް އޮތް ސަބަބެކެވެ.

ވާދަވެރި ކެންޑިޑޭޓުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވައި ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ އުއްމީދުކުރައްވާ ކަންކަން ރައްޔިތުންނަށް އިއްވުމަކީ ކެންޑިޑޭޓުންގެ މަސްއޫލިއްޔަތެކެވެ.

އެމެރިކާގައި ވަކި ފަރާތަކަށް ނުޖެހޭ ނޫސް މަޖައްލާތަކުން ހޯދާފައި ހުރި ހިޔާލުތައް ދައްކާ ގޮތުން ކަމަލާ ހެރިސް އަކީ ހުޝިޔާރު ރައީސަކަށް ވާނެ އެވެ. އޭނާގެ ކިބައިގައި ގާބިލުކަން ހުރި ކަމަށް ލައްކަ މީހުން ބުނެފައިވާ ކަމަށްވެސް ވޯޓުތަކުން ދައްކަ އެވެ.