ކުޅިވަރު

ގައުމީ ރެކޯޑެއް އުލްޔާ އައުކޮށްފި

ޔުނިވަސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓްގައި އަންހެނުންގެ ޝޯޓްކޯސް 50 މީޓަރުގެ ފްރީސްޓައިލް ގައުމީ ރެކޯޑު އާއިޝަތު އުލްޔާ ޝާއިގް އައުކޮށްފި އެވެ.

މި އިވެންޓު އުލްޔާ ނިންމީ 00:28.75 ސިކުންތުންނެވެ.

މީގެ ކުރިން މި ރެކޯޑު އައުކޮށްފައިވަނީ ވެސް އުލްޔާ އެވެ. އެ ރެކޯޑް އައު ކޮށްފައިވަނީ އޮސްޓްރޭލިއާގައި ބޭއްވި ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓް ގައި 00:28.81 އިންނެވެ.

އޮލިމްޕިކްސްއަށް ސްވިމިން އިން ކޮލިފައިނުވާ ގައުމުތަކަށް ދޭ ސްލޮޓްތަކުގެ ތެރޭގައި އުލްޔާ ވާދަކުރަން ވަނީ ހަމަޖެހިފަ އެވެ. އޭނާގެ އިތުރުން ދެން ވާދަކުރާނީ މުހައްމަދު އާން ހުސައިން އެވެ.