މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވާން އިލްތިމާސްކޮށްފި

އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާތީ ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާއިރު ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިކަމަށް އިލްތިމާސްކުރީ ކ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފައިވަނިކޮށެވެ.

މީގެ އިތުރުން ރަށްރަށުގައި ވެސް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ދެކުނުގެ އަތޮޅުތަަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމުގެ ބާރުމިނުގައި ވައިިޖެހޭނެ އެވެ.