ކަމަލާ ހެރިސް

ކަމަލާގެ ބަހުގެ ހަމަލާތަކެއް ޓްރަމްޕްގެ ރަނިންމޭޓް ވެންސްއަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިގަދަވެފައިވާއިރު އެމެރިކާގެ ނައިބް ރައީސް ކަމަލާ ހެރިސް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ރަނިންމޭޓް އަދި އެމެރިކާގެ ކޮންގްރެސް މެމްބަރު ޖޭޑޭ ވެންސް އަށް ފާޑުކިޔައިފި އެވެ.

ކަމަލާގެ ބަހުގެ ހަމަލާތަކެއް ވެންސް އަށް އަމާޒުވީ އެކްސްގައި ކުރެއްވި ޕޯސްޓްތަކެއްގައެވެ.

ކަމަލާ ވިދާޅުވީ ވެންސް އަކީ 2020 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ވެންސް އަކީ އަންހެނުންގެ ހައްގުތަކަށް ތާއީދުކުރައްވާ ބޭފުޅެއް ނޫން ކަމަށާއި އޭނާގެ ސިޔާސަތުތަކަކީ އެމެރިކާގެ ގިނަ ރައްޔިތުންނަށް ގެއްލުން ލިބޭނެ ސިޔާސަތުތަކެއް އަދި ވިސްނުންތަކެއް ކަމަށްވެސް ކަމަލާ ވިދާޅުވި އެވެ.

ކަމަލާ ހެރިސް، ޖޭޑޭ ވެންސްއަށް ފާޑު ވިދާޅުވެފައި މިވަނީ ޓްރަމްޕްގެ ރަނިންމޭޓަކަށް އޭނާ ހަމަޖެއްސިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ.