އެޗްޑީސީ

އެޗްޑީސީގެ އީއާރްޕީ ސޮފްޓްވެއާ ނަކަލުކޮށްގެން ވިއްކަނީ

ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޭނުންކުރާ ސޮފްޓްވެއާއެއް ކަމަށްވާ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރްޕީ) ނަަކަލުކޮށްގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި ސޮފްޓްވެއާ އަކީ އެޗްޑީސީ އިން ވަރަށް ބޮޑު ހަރަދެއް ކޮށްގެން ފަސް އަހަރުގެ މަސައްކަތުން ފުރިހަމަކުރި ސޮފްޓްވެއާ އެކެވެ.

މި ސޮފްޓްވެއާ ބޭނުންކޮށްގެން އެޗްޑީސީގެ ޕްރޮކިއުމަންޓާއި، އެޗްއާރާއި، އެކައުންޓިންގެ އިތުރުން އެ ކުންފުނީގެ ހިސާބުކިތާބު ބަލަހައްޓަ އެވެ.

މި ސޮފްޓްވެއާ ނަކަލުކޮށްގެން ވިއްކަމުންދާ ކަމަށް އެނގިފައިވަނީ އެޗްޑީސީގައި މިހާރު މަސައްކަތް ކުރަމުންދާ ބައެއް މުވައްޒަފުންގެވެސް އެހީތެރިކަމާއެކު އެޗްޑީސީގެ ކުރީގެ މުވައްޒަފެއް އަދި ސޮފްޓްވެއާ ހެދުމުގައި އިސް ރޯލެއް އަދާކުރި މީހެކެވެ.

މި މައްސަލަ އެޗްޑީސީގެ އެޗްއާރު ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ކަމަށް އެނގިފައިވީ ނަމަވެސް މައްސަލައިގައި އަޅާފައިވާ ފިޔަވަޅުތައް އަދި ސާފުވެފައެއް ނުވެ އެވެ.