ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފަހަރަށް ބަންގީގެ އަޑު

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ފަހަރަށް ބަންގީގެ އަޑު އިއްވަން ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންދުރު ނަމާދު ވަގުތު ޖެހުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އޭރު ބަހުސް ކުރައްވަމުންދިޔަ މެންބަރުގެ މައިކު ކަނޑާލައްވާފަ އެވެ.

ޖަލްސާ އަލުން ކުރިއަށް ގެންދިޔައީ ބަންގި ނިމުމުންނެވެ.

މީގެ ކުރިން ޓީވީ އިން މަޖިލީހުގެ ލަައިވް ކަނޑާލި ނަމަވެސް ޖަލްސާ ކުރިއަށް ގެންދެ އެވެ.