ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުއަށް ސިހުރު ހެދި މައްސަލަ ހައިކޯޓަށް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޝަމްނާޒް އަދި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހެޅިއިރު، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ، ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބަންދުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ކޮށްކޮ ހައްޔަރުކޮށްފައިވަނީ މި ދިޔަ ޖޫން 23 ވަނަ ދުވަހު އެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.