ދުނިޔެ

އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ދިން ހަމަލާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު، ކިމްބާލީ ޗީޓްލް އިސްތިއުފާ ދެއްވައިފި އެވެ.

ކިމްބާލީ އިސްތިއުފާދެއްވީ އެނާ އިސްތިއުފާދެއްވުމަށް ގޮވާލައި ވަރަށް ބޮޑަށް ޕްރެޝަރުގައި ޖެހިވަޑައިގެން -- ދެން އެހެން ގޮތެއް ނެތިގެންނެވެ.

އެމެރިކާގެ ގާނޫންހަދާ މަޖިލީހަށް މައުލޫމާތުދެއްވަމުން ކިމްބާލީ ވިދާޅުވި ގޮތުގައި އޭނާގެ މުއްސަސާ -- އެމެރިކާގެ ސީކްރެޓް ސާވިސް އޮތީ ފޭލިވެފަ އެވެ.

ސީކްރެޓް ސާވިސްގެ މަސްއޫލިއްޔަތަކީ އެމެރިކާގެ ލީޑަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ނަމަވެސް، ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާދިނީ، އޭނާއަށް ދޭން ޖެހޭ ރައްކަތެރިކަން ސީކްރެޓް ސާވިސްއަށް ނުދެވުމުންނެވެ.

ކިމްބާލީ ޗީޓްސް އިސްތިއުފާ ދެއްވުމަށް ސިޔާސީ ލީޑަރުންނާއި މިނިވަން މުއްސަސާތަކުން ގޮވާލި ނަމަވެސް، އޭނާ މިކަމަށް ފުރަތަމަ ކުރެއްވީ އިންކާރެވެ. ނަމަވެސް، ފަހުން އިސްތިއުފާ ދެއްވީ އެވެ.

ޑޮނަލްޑް ޓްރަމްޕަށް މީހަކު ބަޑިން ހަމަލާދިނީ މި އަހަރު ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ޕެންސިލްވޭނިއާގައި ތަގުރީރުކުރައްވަނިކޮށެވެ.

ޓްރަމްޕަށް ދިން ހަމަލާގައި ވަޒަން އެރީ އޭނާގެ ކަނާތު ކަންފަތަށެވެ. އަދި ކަންފަތުގެ ވޮށިފަށް ވީދައިގެން ގޮސް ލޯވަޅެއް ވަނީ އެޅިފަ އެވެ.

ޑޮނަލްޑް ޓްރަމްޕް، 78، މީގެ ކުރިންވެސް އެމެރިކާޣެ ރައީސްގެ މަގާމު އަދާކުރެއްވި އެވެ. އޭނާ މި ފަހަރު ވާދަކުރައްވަނީ ދެވަނަ ދައުރެއް ކާމިޔާބުކުރެއްވުމަށެވެ.