ބިދޭސީން

ބިދޭސީންގެ ފީ އަދި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފި

ރާއްޖޭގައި ތިބި ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭ ހުއްދަތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު އެއް ލައްކަ ރުފިޔާ އަށްވުރެ އިތުރުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާއްމުކޮށްފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން މިލިސްޓް މިއަދު އާއްމުކުރީ ސަރުކާރުގެ ގެޒެޓް ގައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ފީއާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ކުރިއަށް އޮތް އޮގަސްޓް 12 ވަނަ ދުވަހުގެ ކުރިން ދެއްކުމަށްވެސް އަންގާފަ އެވެ. އެ ފައިސާ ނުދައްކައިފިނަމަ، އެ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުއްދަ ދިނުން ހުއްޓާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން އާއްމު ކުރި ލިސްޓުގައި 1،000 އަށްވުރެ ގިނަ ފަރާތް ހިމެނެ އެވެ. މީގެތެރޭގައި ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތައްވެސް ހިމެނެ އެވެ. އަދި ސިޔާސީ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ އެތައް ކުންފުންޏެއްވެސް މި ލިސްޓުގައި ހިމެނެ އެވެ.

ލިސްޓުން އެނގޭ ގޮތުގައި ބައެއް ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ދައްކަން އެބަހުއްޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910