އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ޑެލް ޕިއެރޯއާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ ބައްދަލުކޮށްފި އެވެ.
މިނިސްޓަރު ފައިސަލްއާ އެކު މި ބައްދަލުވުމުގައި ދިވެހި ފުޓުބޯޅައިގެ ލެޖެންޑް އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޢަލީ އަޝްފާގް (ދަގަނޑޭ)ވެސް ބައިވެރިވި އެވެ.
އެލެސަންޑްރޯ ޑެލް ޕިއެރޯ އަކީ އިޓަލީގެ ކުރީގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔެކެވެ.
އޭނާ އަކީ ގިނަ އޮފެންސިވް މަގާމުތަކެއްގައި ކުޅުމުގެ ގާބިލްކަން ހުރި ނަމަވެސް މައިގަނޑު ގޮތެއްގައި ދެވަނަ ފޯވާޑެއްގެ ގޮތުގައި ކުޅުނު ކުޅުންތެރިޔެކެވެ.
ސްކައި ސްޕޯޓް އިޓަލީގައި ކުޅިވަރުގެ ތަޖުރިބާކާރެއްގެ ގޮތުގައި ޑެލްޕިއެރޯ ގެންދަނީ 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ.
ހުނަރުވެރި ފޯވާޑެއްގެ އިތުރުން ފްރީ ކިކް ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް ފެނިގެން ދިޔަ ޑެލް ޕިއެރޯ ވަނީ 1998 އާއި 2008 ވަނަ އަހަރު ސެރީއާގެ އިޓަލީގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދައި ބެލޮންޑިއޯ އަދި ފީފާ ވޯލްޑް ޕްލޭޔަ އޮފް ދަ އިޔާ އަށް އެތައް ފަހަރަކު ނޮމިނޭޓްވެސް ވެފަ އެވެ.
ޔުވެންޓަސް އަށް 1993 އިން 2012 އަށް ކުޅުނު ޑެލް ޕިއޭރޯ ވަނީ 705 މެޗުން 290 ގޯލް ޖަހައިދީފަ އެވެ. އަދި އެ ކްލަބާ އެކު އިޓާލިއަން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކުރި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެލް ޕިއޭރޯ ރާއްޖެ އައިސްފައި ވަނީ ސަން ޝިޔާމް ރިސޯޓުގެ ދައުވަތަކަށް އެ ކުންފުނީގެ ބައެއް ރިސޯޓު ތަކުގައި ފުޓުބޯޅަ ކޭމްޕް ހިނަގައި ދިނުމަށެވެ.