ކުޅިވަރު

ތޮއްޑޫ މާސްޓާސް ޓީޓީ މުބާރާތަށް ބޮޑު ތަރުހީބެއް

ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: އަވަސް
0%
0%
0%

ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުންޏާއި އިހާ އެކަޑަމީ ގުޅިގެން ބާއްވަން ނިންމާފައިވާ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގައި މިހާތަނަށް 18 ގައުމަކުން 110 ކުޅުންތެރިން ބައިވެރިވެއްޖެ އެވެ.

ސްޕޯޓްސް މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުގެ އެއްބާރުލުމާއެކު މިއަހަރުގެ އޮގަސްޓް މަހު މި މުބާރާތް އޮންނާނީ ތޮއްޑޫ ސްކޫލުގެ މަލްޓި ޕާޕޯސް ހޯލުގައެވެ.

މާލޭގައި ހުންނަ ޓީޓީ ހޯލްގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ މި މުބާރާތަށް ވީހާވެސް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން ވަސީލަތްތައް ހަމަކުރަމުންދާ ކަމަށެވެ.

ކަރަމް ވިދާޅުވީ ތޮއްޑޫއަކީ ވަރަށް ބޮޑަށް ލޯކަލް ޓޫރިޒަމް ފުޅާވެފައި އޮތް ރަށަކަށްވީ ނަމަވެސް ޓޫރިޒަމްގެ ލޯ ސީޒަންގައި ގެސްޓް ހައުސްތައް ފުރާލެވޭނެ ގޮތަކަށް ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށެވެ. އެގޮތުން ސްޕޯޓްސް ޓޫރިޒަމަކީ ސަރުކާރުންވެސް ހިތްވަރު ދޭ ކަމަކަށްވާތީ ޓީޓީގެ ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވުމަކީ ސްޕޯޓްސް ޓޫރިޒަމަށް ހުޅުވާލެވޭ ފުރުސަތަކަށް ވާނެ ކަމަށެވެ.

"ކައުންސިލްގެ ވިސްނުމަކީ ބީޗަށް ނުވަތަ މޫދަށް އެރެން ނޫން ގޮތްގޮތަށްވެސް ތޮއްޑޫއަށް ޓޫރިސްޓުން ގެނައުން،" ކަރަމް ވިދާޅުވި އެވެ.

ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް -- ފޮޓޯ: އަވަސް

ތޮއްޑޫގައި މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓް ބާއްވަނީ ތޮއްޑޫ ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް އެކޮމަޑޭޝަން ހަމަޖެއްސުމުން ކުޅުންތެރިންނަށް ހާއްސަ ރަޖިސްޓަރޭޝަން ފީތަކެއް ހަމަޖައްސާ ގޮތަށެވެ. އަދި މި މުބާރާތުގެ ބައިވެރިންނަށް ޗުއްޓީއެއް ހަމަޖައްސައިދިނުމަށްވެސް ވަނީ ނިންމާފަ އެވެ.

"މިފަދަ ފުރުސަތުތައް އެހެން ކުޅިވަރުތަކަށްވެސް ހުޅުވާލަން އަޅުގަނޑުމެން ބޭނުންވޭ،" ކަރަމް ވިދާޅުވި އެވެ.

އިހާ އެކަޑަމީގެ އެޑްވައިޒަރު އަދި ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ލަތީފް (ސީވީޑް ލަތީފް) ވިދާޅުވީ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގައި އެކި ގައުމުތަކަށް ނިސްބަތްވާ ދުނިޔޭގެ ޗެމްޕިއަނުންވެސް ބައިވެރިވާ ކަމަށެވެ. އެގޮތުން މި މުބާރާތުގައި މިހާތަނަށް އިންޑިއާ، ޗައިނާ، ރަޝިއާ، ސިންގަޕޫރު، ނޭޕާލް އަދި ތުރުކީ ފަދަ ގައުމުތަކުެ މޮޅު ކުޅުންތެރިން ބައިވެރިވާ ކަމުގައި ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މިމުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަށް ކުޅިވަރެެއް ކުޅެލުމުގެ ތަޖުރިބާގެ އިތުރުން ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ. މި މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައިވެސް ބޭއްވުމަށް އުއްމީދުކުރައްވާ ކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރު ވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މުބާރާތަށް ލިބޭ ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ،" ލަތީފް ވިދާޅުވި އެވެ.

ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހާ އެކަޑަމީގެ އެޑްވައިޒަރު އަދި ޓީޓީ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހްމަދު ލަތީފް -- ފޮޓޯ: އަވަސް

ޓޭބަލް ޓެނިސްގައި މާސްޓާސްއަކީ އެހެން ކުޅިވަރުތަކުގައި ކިޔާ ގޮތުންނަމަ ވެޓަރަންސް ކެޓަގަރީ އެވެ.

އިހާ އެކަޑަމީގެ މެނޭޖިން ޑައިރެކްޓަރު އަފްނާން އިބްރާހީމް ވިދާޅުވީ ތޮއްޑޫ މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގައި ރާއްޖޭގެ 10 ކުޅުންތެރިން މިހާތަނަށް ބައިވެރިވެފައިވާތީ އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ލިބި މުބާރާތާ އެކު ތޮއްޑޫގައި ހިންގާ ހާއްސަ ޓްރެއިނިން ޕްރޮގްރާމުގެ ތެރެއިން ތޮއްޑޫގެ ކުދިންނަށްވެސް ހާއްސަ ތަމްރީންތަކެއް ލިބޭނެ ކަމަށެވެ.

އިހާ އެކަޑަމީ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ ސީވީޑް އިބްރާހީމް ލަތީފް (އިއްބެ) އާއި ތާޅަފިލި އަލީ އާދަމް މަނިކު (އަލިބެ) އިސްވެ ތިބެގެން އުފައްދާފައިވާ އެކަޑެމީ އެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910