މެންބަރު ހުސައިން މުހައްމަދު ލަތީފް

އަހަރުތަކަކަށްފަހު ރާއްޖޭގެ އިސްވެރިޔަކު އިރާނަށް

އަހަރުތަކަކަށްފަހު ރާއްޖޭގެ އިސްވެރިޔަކު އިރާނަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެެއްގެ ގޮތުގައި މިއަދު އިރާނަށް ވަޑައިގެންނެވި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ނައިބް ރައީސްގެ މިދަތުރުފުޅަކީ އިރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕަޒަސްކިޔާން އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މީގެއަހަރުތަކެއް ކުރިން ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި 2016 ވަނަ އަހަރު ރާއްޖެއިން އިރާނާ އެކު ގާއިމުކޮށްފައިވާ ސިޔާސީ ގުޅުންވެސް ކަނޑާލާފަ އެވެ.

އަލުން އެ ގުޅުން ގާއިމުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޒައާމަތުގައި މާޗު 10، 2023 ގައެވެ.