ބޮލީވުޑް

ވެޑަންގް އާއި ހުޝީ އެކުގައި ފެޝަން ޝޯއެއްގައި

ވެޑަންގް އާއި ޚުޝީ އިންޑިއާ ކައުޗާ ވީކްގައި ބައިވެރިވަނީ
0%
0%
0%

ބޮލީވުޑަށް އަލަށް ނިކުމެގެން އުޅޭ ހުޝީ ކަޕޫރާއި އޭނާގެ ކޯ ސްޓާ ވެޑަންގް ރައިނާ "އިންޑިއާ ކައުޗާ ވީކް" ނަމުގައި ކުރިއަށް ގެންދާ ފެޝަން ޝޯގައި ފެނިލައިފި އެވެ.

ޑިޒައިނަރު ގައުރަވް ގުޕްތާގެ ޑިޒައިންތައް މި ދެ ފަންނާނުން ދައްކާލިއިރު މި ދެ މީހުން މިހާރު ރަށްޓެހިވެގެން އުޅޭ ކަމަށް ބައެއް ނޫސްތަކުން ތުހުމަތުކުރެ އެވެ.

ފެޝަން ޝޯގައި މި ފަންނާނުން ބައިވެރިވި ކަން ހާމަކުރީ ވެޑަންގްގެ އިންސްޓާގްރާމް ސްޓޯރީގައި ހިއްސާ ކުރި ވީޑިއޯއެއްގައެވެ.

މި ވީޑިއޯގައި ރިހި ކުލައިގެ ހެދުމެއްގައި ހުޝީ ހުރިއިރު ވެޑަންގް ހުރީ ކަޅު ކުލައިގެ ޕާކިސްތާން ސްޓައިލްގެ ޖުއްބާ ފާޑު ހެދުމެއް ގައެވެ.

ހުޝީ އަކީ ބޮލީވުޑްގައި އެންމެ ނުފޫޒުގަދަ އެއް އާއިލާ ކަމަށްވާ ކަޕޫރު އާއިލާ އިން އެންމެ ފަހުން ބޮލީވުޑަށް ނިކުން ފަންނާނެ އެވެ. ހުޝީގެ އެއްބަނޑުއެއްބަފާ ދައްތަ ޖާންވީ ކަޕޫރަކީ ބޮލީވުޑްގައި މިހާރު އެންމެ ހިނގާ އެއް އެކްޓްރެސް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910