އެކްސިޑެންޓް

އެކްސިޑެންޓްވުމުން ފިލި އެކަކަށް 16 އަހަރުގެ ހުކުމެއް

އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހުން -- ފޮޓޯ: ޕޮލިސް
0%
0%
100%

ހުޅުމާލޭގައި މިދިޔަ ބުދަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލި މީހުންގެ ތެރޭގައި 16 އަހަރުގެ ޖަލު ހުކުމެއްގައި ހުރި މީހަކު ހުރިކަން އެނގިއްޖެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަންމާގެއާގެ އިކްރާމުއްރަހްމާނު އާއި، މ. ލޭންޑް އޮފް ގާޑަން އިބްރާހީމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ، އާޒާދުގޭ، ޖިނާހް އިސްމާއީލް އެވެ.

މީގެ ތެރެއިން އިކްރާމުއްރަހުމާން އަކީ، 2015 ވަނަ އަހަރުގެ ފަހުކޮޅު، މަސްތުވާތަކެތީގެ މައްސަލައެއްގައި 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާ މީހެކެވެ. އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުވެސް ކުރި އެވެ. އެހެންނަމަވެސް ހައިކޯޓުންވެސް ވަނީ 16 އަހަރުގެ ޖަލު ހުކުމް ދަމަހައްޓާފަ އެވެ.

އެކްސިޑެންޓްވުމުން ފިލައިގެން ދިޔަ ތިން މީހުން ފުލުހުން ވަނީ ހޯދާ ހައްޔަރުކޮށްފަ އެވެ.

މީގެތެރެއިން ޖިނާހް އިސްމާއިލް 15 ދުވަހަށް ބަންދު ކުރިއިރު، އަނެއް ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި އެކްސިޑެންޓް ހިނގީ ބުދަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހި ވިނަރެސް ފްލެޓް ކައިރީ ގައެވެ. މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް އެ ވަގުތު އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި އިން މީހެއްގެ ގައިގައި ޖެހިގެންނެވެ. ކާރުން ޖެހުމުން، ސައިކަލުގައި އިން މީހާ ވިއްސައިގެންދާ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345