މޯލްޑިވްސް ޕޮލިސް ސާވިސް

ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި މީހާގެ ބަންދަށް 15 ދުވަސް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
0%
0%
0%

ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މާރާމާރީ ހިންގުމާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ކޯޓުން 15 ދުވަސް ދީފި އެވެ.

މި މައްސަލަ ފުލުހުންނަަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 8:00 ހާއިރު އެވެ.

މާރާމާރީ ހިންގީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 37 އަހަރުގެ ފިރިހެނެކެވެ. އޭނާ މާރާމާރީ ހިންގުމުން އަނިޔާވީ އިންޑިއާގެ އުމުރުން 39 އަހަރުގެ ފިރިހެނެކެވެ.

މި ދެ މީހުންނަކީވެސް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ މީހުންނެވެ.

އަނިޔާވި މީހާއަށް ހަނިމާދޫ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މާލޭގައި ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ބިދޭސީ ދެ ގުރޫޕެއްގެ ތެރޭގައިވެސް މާރާމާރީ ހިންގުމުން ބަޔަކަށް އަނިޔާވެފައިވެ އެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވަނީ މި މާރާމާރީ ހިންގި މީހުން ޑީޕޯޓްކޮށްލުމަށް ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910